ދައުލަތުގެ ނިޝާން

Download
Download is available until [expire_date]
  • Version
  • Download 46
  • File Size 6.28 MB
  • File Count 1
  • Create Date February 10, 2024
  • Last Updated February 11, 2024

ދައުލަތުގެ ނިޝާން

ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި ދައުލަތުގެ އެކި ގުނަންތަކުން ވިކިޕީޑިއާގައި ވާ ފުރިހަމަ ނޫން ނިޝާނެއް އަދި އެކި ގޮތައް ހުންނަ ނިޝާންތައް ބޭނުންކޮށްފަ ހުންނަތަން ފެނުމުން އަޅުގަނޑަށް އެ ބަލައިގަންނަން ފަސޭހަކަމަކަށް ނުވިއެވެ. އެހެންކަމުން މިކަމާ އެކި ފަރާތްތަކާއި ވާހަކަ ދެއްކީމެވެ. ދިވެހި ބަހާއި ގައުމީޔަތާ ގުޅޭ ކަންކަމުގެ އިސްކޮށް ހަރަކާތްތެރިވީ އިލްމީ ބޭފުޅުންނާއި. ގައުމިއްޔަތާއި ބަހުގެ މިނިސްޓަރ އާއިވެސް މި ވާހަކަ ދެކެވުނެވެ. މިނިސްޓަރ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ނިޝާނުގެ މައްސަލަ ފެނުމުން ގޫގުލްއިން ފެންނަންހުރި ނިޝާންތައް ބެލީމެވެ. ދައުލަތުގެ އިދާރާތަކުގަ ބޭނުންކުރާ ނިޝާން ބެލީމެވެ. އެއައްފަހު އަޅުގަނޑުވެސް ނިޝާން ކުރަހަން މަސައްކަތްކޮށް ކުރެހި ނިޝާން ތިރީގައި އެވަނީއެވެ. އަރަބި ނަން ހަދިޔާ ކުރީ އެކުވެރި ޑިޒައިނަރ ވިޝާހްއެވެ.

އަޅުގަނޑަކީ މިކަން ކުރަން އެންމެ އެކަށީގެން ނުވާ ފަރާތައްވެސް ވެދާނެއެވެ. މިފަންނުތަކުގައި އަޅުގަނަޑަށްވުރެ މާ ފުންނާބު އުސް ފަރާތްތައް އުޅޭނެކަން ގަބޫލުކުރަމެވެ. ތަފާތު ހިޔާލުތައް އަންނާނެކަންވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް މިކަމުގައި އަޅުގަނޑަށް ފެންނަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ގަސްތުކޮށް ނިޝާންގެ ވެކްޓާރ، އަދި ޕީއެންޖީ ފައިލް ހިއްސާކޮށްލަމެވެ.

ހިޔާލު ފޮނުވާ

ތިޔަފަރާތުގެ އީމެއިލް އާންމު ނުކުރެވޭނެއެވެ. ފުރަން ޖެހޭ ބައިތައް އެވަނީ ފާހަގަކުރެވިފައެވެ.

©ދިވެހިފޮންޓް.ކޮމް