އެމްވީ އަޒްހީލް ރަސްމީ

“އެމްވީ އަޒްހީލް ރަސްމީ” މި ފޮންޓަކީ އަޒްހީލް އަހުމަދު (ފިޔޯރީ) ގެ އަތުލިޔުމެވެ. އަޒްހީލަކީ ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސަައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާބޭފުޅެކެވެ. އޭގެ އިތުރުން ތަފާތު ގިނަ ފަންނު ތަކުގައިވެސް އޭނާ ހަރަކާތްތެރިވެއެވެ.
އޭނާގެ ހުނަރުވެރިކަމުގެ ތެރެއިން އަތުލިޔުމާއި، ލިޔުންތެރިކަމާއި، މަދަހަ ކިޔުމާއި، ސެންޓް އުފެއްދުމާއި މިފަދަ ކަންކަން ޚާއްޞަވެގެން ވެއެވެ. އަދި އަމިއްލަ ވިޔަފާރިވެސް ކުރައްވައެވެ.
އަޒްހީލްގެ އިސްނެގުމުގެ މަތީން، ޞަދަޤާތަށް ޚާއްސަކޮށްގެން ޖަމްޢިއްޔާއެއް އުފައްދައިގެން ހިންގަވައެވެ. މިސްކިތް ބިނާކުރުމާއި، ޔަތީމުން ބެލެހެއްޓުމާއި، ބޯފެނަށް ޖެހިފައިވާ މީހުންނަށް ފެން ފޯރުކޮށްދިނުން ފަދަ ޚިދުމަތްތަކާއި އޭގެ އިތުރުންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވައެވެ.
މިއީ އަޒްހީލްގެ އަތުލިޔުމުގެ ދެވަނަ ފޮންޓެވެ. މި ފޮންޓް ތަޙްޞީޞް ކުރައްވާފައިވަނީ އޭނާ ވަޒީފާ އަދާކުރި ތަނެއްގައި އޭރު ހުންނެވި އިސް ވެރިޔާ ޑރ. ޝަމްހީދަށެވެ. ޑރ. ޝަމްހީދުގެ ލީޑަރ ޝިޕް ސިފަތަކާއި، ތެދުވެރިކަމާއި، ކެރުމާއި، ހިތްވަރާއި، އަމާނާތްތެރިކަމާއި މީސްމީހުންނަށް ހެޔޮ ފޯރުވައި އުޅުއްވުމުގެ ސިފަތައް ފާހަގަކޮށް، މި ފޮންޓް އެފަރާތަށް ޚާއްސަކުރެއްވީއެވެ.
އަޒްހީލް އަކީ މި ފޮންޓް ޕުރޮޖެކްޓް ކުރިޔަްއް ގެންދިއުމުގައި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެކެވެ. މިގޮތުން މާލީގޮތުން އަދި މަސައްކަތަުގައި ބޭނުންވާ މުހިންމު ތަކެތި ފޯރުކޮށްދެއްވައެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.