އެމްވީ އަޒްހީލް

އެމްވީ އަޒްހީލް މި ފޮންޓަކީ އަޒްހީލް އަހުމަދު (ފިޔޯރީ) ގެ އަތުލިޔުމެވެ. އަޒްހީލަކީ ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސަައްކަތް ކުރައްވަމުން ގެންދަވާބޭފުޅެކެވެ.
އަޒްހީލް އަޙުމަދުގެ އަތުލިޔުމުގެ ފޮންޓެއް ހަދަން ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ފޮންޓް ތައްޔާރު ކުރެވުނީ އަޒްހީލްގެ އަތުލިޔުމުގެ ކޮޕީ އިލަސްޓްރޭޓާރ އަށް އިމްޕޯޓްކުރުމަށްފަހު އަކުރުތައް ތައްޔާރުކޮށްގެންނެވެ. މި ފޮންޓަކީ އެންމެ ރަނގަޅަށް ހެދުނު އެއް ފޮންޓެވެ. އަޒްހީލް އަކީ ފޮންޓް ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.