Skip to content

ދިވެހި ފޮންޓް

ފޮންޓް އަޅާނީ ކިހިނެތް؟

އިލްމް 31 ޖުލައި 2022 ހުސައިން ނިޔާޒް

ފޮންޓް އެޅުމާއި ބެހޭގޮތުން ގިނަބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށްވެސް މި ސުވާލު އުފެދޭ ފަރާތްތަކުން ލިޔުމުގައި ވާގޮތަށް ފޮންޓް އެޅޭނެއެވެ.

1.ފޮންޓް ޑައުންލޯޑް ކުރުން

ވެބްސައިޓަށް ވަނުމަށްފަހު ފޮންޓް ސަފްހާ ހުޅުވާ. ފޮންޓް ސަފްހާއަށް ދާނީ ސައިޓްގެ މަތީ މެނޫ އިން ނުވަތަ ދޯނި ކައިރި އޭނަ ބޮުޑު ފިތަށް ފިތާލައިގެން.

2.ފޮންޓް ޑައުންލޯޑު ކުރަން

ބޭނުންވާ ފޮންޓެއްގެ ލިޔުން ހުޅުވުމަށްފަހު ޓެސްޓްކުރަން ބޭނުންވާނަމަ ޓެސްޓްކޮށްފައި ޑައުންލޯޑް ފިތައް އޮބާލާ

3.ޑައުންލޯޑް ކުރި ފޮންޓް ފައިލް ހުޅުވުން

ޑައުންލޯޑު ކުރާ ފައިލް އިންނާނީ ޒިޕްފައިލް އެއް ގޮތައް، މި ފައިލް ހުޅުވަން ވިންރާ ނުވަތަ ޒިޕް ހުޅުވާ ސޮފްޓްވެއާރ އެއް އިންސްޓޯލްކޮށްފައި ނެތްނަމަ އެފަދަ ސޮފްްޓްވެއާރ އެއް އަޅާ، މިގޮތުން 7ޒިޕް އަކީ ބޭނުންކުރެވިދާނެ ، ހިލޭ ލިބޭ ސްފްޓްވެއާރ އެއް

ސެވަން ޒިޕް ޑައުންލޯޑް ކުރަން

ޑައުންލޯޑް ކޮށްފައިވާ ޒިޕްފައިލް އަށް ސެލެކްޓްކޮށްފައި މައުސްގެ ކަނާއަތް ފަރާތަށް ފިތާލާ. ދެން އެކްސްޓަރކްޓް ކުރޭ

ވިންރާ އިން ފައިލް ހުޅުވާ ގޮތް
7 ޒިޕް އިން ފައިލް ހުޅުވާ ގޮތް

3. އިންސްޓޯލް ކުރުން

އެކްސްޓްރަކްޓް ކުރި ފައިލް ހުޅުވުމަށް ފަހު ދެފަހަރު ފޮންޓް ފައިލައް ފިތާލާ. އަދި އެއައްފަހު ހުޅުވުނު ފައިލްގެ އިންސްޓޯލައް ފިތާލާ

އެކްސްޓަރަކްޓް ކުރެވުނު ފައިލް

ފޮންޓް ފައިލް ފަހަތައް ޓީޓީއެފް ނުވަތަ އޯޓީއެފް ލިޔެވިފައިވާ ފޮންޓް އިންސްޓޯލްކުރާށެވެ.

އިތުރަށް ފޮންޓް ފޯމެޓްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށްަ

ޚިޔާލުތައް

އަދި ޚިޔާލެއް ނެތް.

ޚިޔާލު ލިޔުއްވާ

ތިޔަ ޚިޔާލު ފޮނުއްވާއިރު އަދަބާއި އެކު ލިޔުއްވާ.

ތިޔަ ޚިޔާލު ދެއްވާ ރޭޓިންގ ޚިޔާރުކުރައްވާ

ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް

ހުސައިން ނިޔާޒް

ޑިޒައިނާރ

އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.