އެމްވީ އިޒްޔަން ސުރުހީ

އެމްވީ އިޒްޔަން ސުރުހީ މި ފޮންޓަކީ ސުރުހީ އަދި ކުރު ލިޔުން ކޮޅުތަކުގައި ބޭނުން ކުރަން ހަދާފައިވާ ފޮންޓެކެވެ. ދިގު ލިޔުންތަކުގަ ބޭނުން ކުރަން ރީތި ނުވެދާނެއެވެ. އެކި ދުވަސްތަކުގެ ކާޑު ފަދަ ތަކެތި ހަދާއިރު ދުވަހުގެ ނަން ޖެހުން ފަދަ ކަންކަމަށް މި ފޮންޓް ބޭނުން ކުރެވިދާނެއެވެ. މި ފޮންޓްގައި ވެސް މައްސަލަ ހުރެދާނެއެވެ. ފާހަނގަވާ މައްސަލަތައް ބޭނުން ކުރާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު އިންޝާﷲ ރަނގަޅު ކުރާނަމެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.