އެމްވީ ފާތިމަތު

ފާތުމަ ނުވަތަ ފާތިމަތު މި ނަމަކީ ވަރަށް ރީތި ނަމެކެވެ. އަޅުގަނގެ މަންމަ ފަރާތުގެ މާމަގެ ނަމެވެ. މި ފޮންޓަށް މި ނަންދޭން ނިންމީ މާމަގެ ހަނދާން އާކޮށް އެތައް ބަޔަކަށް ބޭނުންހިފިދާނެ ރަނގަޅު މަސައްކަތެއް ކުރުމުގެ ބޭނުމުގައެވެ. މާމަ ކައިރި ފިނިފެންމާ ގޭގައި މާމަގެ ފިނިފެންމަލާއި ހުވަނދުމާ، އަދި އަސުރުމަލުގެ ހިތްފަސޭހަ ބަގީޗާގައި ހޭދަކުރެވުނު އުފާވެރި ހަނދާންތައް ފިލާ ނުދެއެވެ. ލުނބޯގަސް ދޮށުގައި ފަތްޖެހި އެނދެއްގައި، ބައެއްފަހަރު ގޮނޑިއެއްގައި ނުވަތަ ޖޯލިފަތީގައި މާމަ ކައިރި ހޭދަވީ ކޮންމެ ސިކުންތަކީ ހާދަ އުފާވެރި ވަގުތުތަކެކެވެ. މާމަ ގެންގުޅުނު ބޮޑު ޚަތިމުން މާމަ ކައިރި އިނދެ އަކުރު ކީ ދުވަސްތައްވެސް އެހާމެ ހަނދާންވެއެވެ. މާމަގެ ބޮޑު އަށީގެ މަޅު ނަގައިގެން ރާޅާ އަޅަން ދަމެވެ. މިހެން ގޮސް ލިޔާނަމަ ވަރަށް ގިނަ އުފާވެރި ހަނދާންތަކެވެ. ރަށަށް ގެނެވުނު ފުރަތަމަ ކޮންޕިއުޓަރ ދޮންބޭބެ މާލެއިން އައި ފަހަރަކު ރަށަށް ގެނެސް ފިނިފެންމާ ގޭގައި ބޭންދި އިރު މިފަދަ ކަމެއް ހިތަށްވެސް ނުގެނެވެއެވެ. އޭރު ދެބެންގެ ދެދަރި ބޭބެ (ނިޒާމު ނުވަތަ އަހުމަދު އަދުނާނު ) މާލޭގައި ހުރެފައި ރަށަށް އައިސް ކޮންޕިއުޓަރ ކައިރި އިންނައިރު އަހަރުމެން ބަލަން ތިބީމެވެ . އަތްލާކަށް ނުކެރެއެވެ.
ނިޔާވުމުގެ ކުރިން އެންމެ ފަހުން ދިމާވި ދުވަހު މާމަ ކައިރި އަހަރެން ބައިންދައިގެން ބޮލުގައި ފިރުމަމުން ދިން ހެޔޮ ނަސޭހަތާއި ވަސިއްޔަތް ހަނދާނުން ނުފިލާނެއެވެ. އަބަދުވެސް އެ ނަސޭހަތް ހަނދާންކޮށް މަސައްކަތް ކުރަމެވެ

ފޮންޓް ޕްރޮޖެކްޓް ދެމެހެއްޓެނިވިގޮތެއްގައި ކުރިޔައް ގެންދިއުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް

ފޮންޓް ޓެސްޓް ކުރުމަށް ބޭނުންވާ ބަހެއް ލިޔޭ

Leave a Reply

Your email address will not be published.