އެމްވީ ގާ ޅޮހި

ފޮންޓްގެ ނަން: Mv Gaa Lhohi އެމްވީ ގާ ޅޮހީ
ގާ ޅޮހި މިނަމަކީ ބަޔަކު، އެއް އިރެއްގައި ޅޮހި ދައްކޮށްލަން، މަލާމާތްކުރުމުގެ ގޮތުން ކިޔަމުންއައި ނަމެއް، ނަމަވެސް އެނަމެއް އަޑު އިވުމުން މިހާރު އުފާވާވެރިކަން ލިބޭނަމެކެވެ. ޅޮހި ވަށައިގެންވާ ބިޔަ ބޮޑެތި ގާތަކަކީ ޅޮހި ރައްޔިތުންނަށް ލިބުނު އަގުހުރި ނިއުމަތެކެވެ. ބަލާލަން ރީތި ވެފައި މޫދުގެ ދިރުންތައް އެހާމެ ގިނައެވެ. ސްކޫލްދައުރުގައި ވެސް ގާލޮހި ކިޔާ އެކި ގޮތްގޮތަށް މަލާމާތް ކުރުން އެހާމެ، ގިނައެވެ.
މި ފޮންޓަށް ނިސްބަތްވަނީ އަޅުގަނޑުގެ ރަށް ނ.ޅޮހި އަށެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.