
އެމް.ވީ އިޒްޔަން ސްކްރިބްލް (MV Izyan Scribble)** އަކީ ސުރުޚީތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފޮންޓެކެވެ. މިއީ ގަލަމުން ރޮނގުތައް އަޅައިގެން ފުރިހަމަ ކޮށްފައިވާ އަކުރުތަކެއް ގޮތަށް ފަރުމާކޮށްފައިވާ ފޮންޓެކެވެ. މި ފޮންޓު އެންމެ ބޮޑަށް ޚާއްޞަކޮށްފައިވަނީ ބޮޑެތި އިޝްތިހާރުތަކަށާއި، ފޮތުގެ ބޭރުގަނޑަށާއި، މަޖައްލާތަކުގެ ސުރުޚީތަކުގެ އިތުރުން ޑިޖިޓަލް މީޑިއާގެ ސުރުޚީތަކަށެވެ.
### ސްކްރިބްލް ސްޓައިލަށް ތާނަ ފަރުމާކުރުން
ތާނަ އަކުރުތަކަކަށް “ސްކްރިބްލް” ނުވަތަ އަތުން ކުރަހާފައިވާ ފަދަ ސްޓައިލެއް ގެނައުމަކީ ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އަދި ކިޔަން ފަސޭހަވާނެގޮތަކަށް ފަރުމާ ކުރަން މަސައްކަތް ކުރެވުނެވެ.
އެމް.ވީ އިޒްޔާން ސްކްރިބްލް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުހިންމު ފަންނީ އަދި ޑިޒައިންގެ ތަފުސީލުތައް ތިރީގައި އެވަނީއެވެ:
އެމް.ވީ އިޒްޔަން ސްކްރިބްލްގެ ޚާއްޞަ ސްޓައިލްގެ ސަބަބުން ކުދިކޮށް ދިގު ލިޔުންތައް ލިޔެފައި ހުންނައިރު އުނދަގޫ ވެދާނެއެވެ.
އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތްތައް
* **ފޮތުގެ ބޭރުގަނޑާއި މަޖައްލާގެ ސުރުޚީތައް:** ވާހަކަ ފޮތްތަކަށާއި، ޅެން ފޮތްތަކަށް
* **ޑިޖިޓަލް މީޑިއާގެ ސުރުޚީތައް:** ވީޑިއޯ ތަމްބްނެއިލްތަކަށާއި، ޑޮކިއުމެންޓްރީތަކުގެ ނަން އަދި ސޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވެއެވެ. އާންމު ފޮންޓުތަކަށްވުރެ މިއީ މާ ޝައުޤުވެރި ގޮތެކެވެ.
