ތިކި އަކުރު ފޮންޓަކީ ލިޔަން ދަސްކުރާ ކުދިންނަށް ބޭނުންކުރެވިދާނެ ފޮންޓެކެވެ. ކުޑަކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް މި ފޮންޓްގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ފޮންޓް ހެދުމުގެ ހިޔާލު އައީ ފޭސްބުކްއިން ދިމާވެ ރަހުމަތްތެރިކަން އުފެދިފައިވާ ބޭފުޅެއް މިފަދަ ފޮންޓެއްގެ ވާހަަކަ ދެއްކުމުންނެވެ.