Skip to content

ދިވެހި ފޮންޓް

އެމްވީ އިޒްޔަން އެޖް

ދިވެހި އައު ފޮންޓް 10 ޖޫން 2026 ހުސައިން ނިޔާޒް

ެއިޒްޔަން އެޖް އަކީ އަކުރު ތަކުގެ ދެކޮޅު ވައް ނުކޮށް ތަފާތު ކޮށް ފަރުމާ ކޮށްފައިވާ ފޮންޓެކެވެ. މިއީ ޑިޖިޓަލް އަދި ޕްރިންޓް މީޑިއާ އަދި ކުޑަ ކުދިންގެ ހަފްލާ ތަކުގައިވެސް ބޭނުން ކުރެވޭނެ ފޮންޓެކެވެ. ފަރުމާކޮށްފައިވާ ފޮންޓެކެވެ.

އެޖް” (Edge) ކިޔަނީ ކީއްވެ؟

“އެޖް” މި ނަމުން ދެވުނީ ކޮންމެ އަކުރެއްގެ ކޮޅު ކަނޑާފައި  ފަރުމާކޮށްފައިވާ ގޮތަށް ބަލާފައެވެ.

ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތައް

މިއީ ދިގު ލިޔުންތަކަށް ވުރެ ބޮޑަށް، ކުރު އަދި ފާހަގަކޮށްލެވޭ ސުރުޚީތަކަށް އެންމެ އެކަށީގެންވާ ފޮންޓެވެ.

ބޭނުންކުރާނެ ތަންތަން:

  • ފޮތުގެ ބޭރުގަނޑު :  ވާހަކަ ފޮތްތަކާއި ޒަމާނީ ފޮތްތަކުގެ ބޭރުގަނޑަށް ވަރުގަދަ ސިފައެއް ގެނެސްދެއެވެ.
  • ބޮޑެތި ސުރުޚީތައް:ޕޯސްޓަރުތަކާއި، މަޖައްލާތަކުގެ ސުރުޚީތަކަށް ބޭނުންކުރަން ވަރަށް ރަނގަޅުވާނެއެވެ.
  • ޑިޖިޓަލް ބެނާތައް: ވެބްސައިޓްތަކާއި ޑިޖިޓަލް އިޝްތިހާރުތަކަށް ސާފުކަން ގެނެސްދެއެވެ.
  • ބްރޭންޑިންގ އަދި ލޯގޯ:  ޒަމާނީ ބްރޭންޑްތަކާއި ކުންފުނިތަކުގެ ލޯގޯތަކަށް ސާފު އަދި ފާހަގަކޮށްލެވޭ ސިފައެއް ގެނެސްދެއެވެ.

ޚިޔާލުތައް

އަދި ޚިޔާލެއް ނެތް.

ޚިޔާލު ލިޔުއްވާ

ތިޔަ ޚިޔާލު ފޮނުއްވާއިރު އަދަބާއި އެކު ލިޔުއްވާ.

ތިޔަ ޚިޔާލު ދެއްވާ ރޭޓިންގ ޚިޔާރުކުރައްވާ

ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް

ހުސައިން ނިޔާޒް

ޑިޒައިނާރ

އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.