ބިދޭސީންގެ

އިއުލާން

ބިދޭސީންގެ

މުއްދަތު ހަމަވެފައި: 15 މޭ 2026 2:17 pm އަދާ ހަމަ ކުރެވުނީ: 18 އެޕްރީލް 2026 12:40 pm ރިފަރެންސް: IUL320-PRM/320/2025/14

އޮޕަރޭޝަން ކުރަނގީގެ ދަށުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މުއްދަތު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި މިތާރީޚުގެ ފަހުން ބަޔޯމެޓްރިކްސް ޑޭޓާ ނެގިފައިނުވާ ބިދޭސީފަރާތް ތަކާއި މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެކަމުގައިވެސް ވަނީ އަންގަވާފައެވެ.

       ވީމާ، ބ.އޭދަފުށީގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީނުވާ ބިދޭސީ ފަރާތެއްވާނަމަ 13 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ފޮނުވުން އެދެމެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުވާއިރު އެފަރާތުގެ ޕާސްޕޯޓް/ވޯކްޕާމިޓް އަދި ޕާސްޕޯޓު ސައިޒު ފޮޓޮއެއް ހިފައިގެން ޙާޟިރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެފަރާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާންޖެހޭތީ، ލިޔެކިޔުންތައް ނެތް ފަރާތްތަކުންވެސް މިދެންނެވި މުއްދަތުގައި ކައުންސިލް އިދާރާއަށް ފޮނުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ދެންނެވީމެވެ.

     މިމުއްދަތުގެ ފަހުން މިރަށުގައި ދިރިއުޅޭ ބިދޭސީން، ދަފްތަރުގައި ރަޖިސްޓްރީނުކޮށް މިރަށުގައި އުޅުމަކީ މަނާކަމެއް ކަމުގައިވެސް ދެންނެވީމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

               27 ރަޖަބު   1446

               27  ޖަނަވަރީ 2025

އިއުލާނުގެ ޕީޑީއެފް

©ދިވެހިފޮންޓް.ކޮމް