އެމްވީ ނެރުމަގު

ފޮންޓްގެ ނަން ގުޅިފައިވަނީ ރަށުގެ ނެރުމަގާއެވެ. ރަށުގެ ތާރީހާއި ގުޅިފައިވާ ނެރުމަގު މިއަދުވަނީ ބަދަލުތަކެއް އައިސްފައެވެ. މިއަދުގެ ޒުވާނުންނަށް އަދި އަންނަން އޮތް ޖީލުތަކަށް އެ މައުލުމާތާއި ނަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މި ފޮންޓަށް އެ ނަން ދިނުމުގެ ބޭނުމަކީ މި ފޮންޓް މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

ނެރުމަގު

ނެރުމަގަކީ ރަށުގެ ގާފަލަން ކައިރިޔަށް ދާ މަގެވެ. ނެރުމަގާއި ގުޅިފައިވާ އެންމެ ފާހަގަކުރެވޭ ތަނަކީ ނެރުމަގު އޮޅެވެ. އަދި ނެރުމަގު އޮޅު އަރިމަތީ ތޮށިގަނޑު ނުވަތަ ގާ ފާލަމެވެ. އަހަރުމެން ހަނދާނުގައި އޮޅު ގޮއްވާ، ސާފުކުރިއެވެ. ކާފަގެ ކަތީބު ކަމުގެ ދުވަސްވަރު ގައެވެ. އީސަ ގޯތި އައްޔާއި އަހްމަދު އީސަބެއާއި، ހަގުބެ އިބްރާހިމް، އުނގޫފާރު މުހައްމަދު، ސިއްތި ހަސަނު އަދި މުހައްމަދު އަދި އަޅުގަނޑުމެންގެ ބައްޕަ އާއި އެތައްބަޔަކު ފަޅު ގޮއްވީމަ ގާތައް އެއްފަރާތްކޮށް ފުންކުރަން މޫދުގައި މަސައްކަތް ކުރި ހަނދާން ހުރެއެވެ

ގާފާލަން

 ގާފަލަމަކީ އޮޅުގެ އަރިމަތީ ތޮށިގަނޑެވެ. އެއީ ރައްޔިތުން ބުރަމަސައްކަތުން ހެދި ތަނެކެވެ. އެޒަމާނުގައި އޮންނަ ގޮތަކީ ރަށު ބަނދު ކުރުވާފައި މަސައްކަތް ކުރުވުމެވެ. ރައްޔިތުން މަސައްކަތަށް ރަށުގައި ބަންދުކުރުމުން ބައްޕަމެން ރަށްރަށަށް ވަޑާމުގެ މަސައްކަތް ކުރަން ނުދެވި ތާށިވެގެން އުޅުން ހަނދާން ހުރެއެވެ.

ކާފަ( މުހައްމަދު ފުޅު) ކަތީބު ކަމަށް ފަހު ދެން ޝަރީފްބެ ކަތީބުކަމުގައި ލަފާފުރުމުގެ މައްސަލަ ހައްލު ކުރަން ރައްޔިތުންނާއި އެކު ނުކުމެ ހަމަ އެ މަސައްކަތް ކުރިއެވެ.  އަދި އޭރުގެ ގާފާލަން ވަރުގަދަކުރަން ވަރަށް ބުރަ މަސައްކަތް ރާވާ ރައްޔިތުންނާއި އެކު ކުރެއްވިއެވެ.

ނެރުމަގު އޮޅުގައި ބަނދަރު ހެދުން.

ލަފާ ފުރުން އުންދަގޫ ޅޮހީގެ ލަފާފުރުމުގެ މައްސަލަ ހައްލުވީ ރަށު އެންމެން ގުޅިގެންކުރި ބުރަ މަސައްކަތުންނެވެ. ހަރުކަށިވާން ޖެހޭ ވަގުތު ދޫ ނުދީ ހިފަހައްޓައިގެންނެވެ. ބަނދަރުގެ މަސައްކަތް އަހަރެންވެސް ވެސް އައީ ގާތުން ބަލާ ބައިވެރިވަމުންނެވެ. އެ ބިޔަ މުހިންމު މަސައްކަތުގެ ލީޑަރަކީ ރަށު އޭރުގެ ކަތީބު ޝަރީފްއެވެ. ދުލެއްނުދީ ދާންޖެހުނު ހުރިހާ ތަނަކަށް ގޮސް މަސައްކަތްކުރިއެވެ . އަދި ރަށުގެ ރައްޔިތުން ގެ އެހީތެރިކަން އިންތިހާއަށް ދިނެވެ. އެމްޓީސީސީ އިން ފަޅު ކޮންނަން ފެށިޔަސް އަހަރުމެންވެސް ނުކުމެ ސަރަހައްދު ސާފުކޮށް ބޮޑެތި ގާތައް އެއްފަރާތްކޮށް ރަށުގެ ބޮޑެތި މީހުންނާއި އެކު ބައިވެރިވީމެވެ.

ބަނދަރަށް ފަހު މުޅި ސަރަހައްދު އެވަނީ ބަދަލުވެފައެވެ. މިއަދު ނެރުމަގުން ފެންނަ ބަނދަރު އެވަނީ ގިނަ އަހަރުތަކެއްވެ ހަލާކުވެފައެވެ. ކުރީގެ ނެރުމަގު އެވަނީ ހަމަ އެއްކޮށް ބަދަލުވެފައެވެ.

ފޮންޓް ޓެސްޓް ކުރުމަށް ބޭނުންވާ ބަހެއް ލިޔޭ

Leave a Reply

Your email address will not be published. Required fields are marked *

©ދިވެހިފޮންޓް.ކޮމް