އެ.މް.ވީ ދެލި ފިހި

ދެލި އުނބު މިއީ ކުޑައިރުން ފެށިގެން ވަރަށް ގިނައިން ފެންނަ އެއްޗެކެވެ. ބައްޕަޔަކީ ކިއްސަރު ވަޑާން ކުރާ މީހަކަށް ވާތީ އަބަދުވެސް ގޭތެރޭގައިވެސް ދޯނި ބަނދެއުޅެއެވެ. މިގޮތަށް ދޯނި ބަންނައިރު އުއި ބޭނުންކޮށްގެން ރޮނގުތައް އަޅަން އުއި ތެންމާނީ “ބެޓެރި” ދެލިންނެވެ. މި ބުނެވުނު ބެޓެރި ދެލި ހުންނާނީ އުނބުން ހަދާފައިވާ ދެލި އުނބުގައެވެ. އެންމެ ފުރަތަމަ ބޭނުން ކުރަނީ ބޯ ކެޔޮ މުލުން ހަދާފައިވާ ފިއްސެކެވެ.
މަޑޫތައް ޖަހަމުން ދާއިރު ހިމުން ކުރަން މަޑުލުގައި ފިހިގަނޑުން ދެލި ހާކާފައި މަޑޫ ޖައްސައެވެ. މިހެން ހެދުމުން އިތުރަށް އޮމާންކޮށް ހިމުން ކުރަން ޖެހޭ ތަންކޮޅު ފާހަގަވެއެވެ. މި ބުނެވުނީ ދެ މަޑޫ ދޭތެރޭގެ ޖާގައެވެ.
ބައެއް ފަހަރު އެ ދެލިފިހިން ތަންތަނުގަ ކުރަހާ އުޅެމެވެ. ދެލި ހަދަނީ 555 ބެޓެރި ހޮވައިގެން ތެޅުމަށް ފަހު ފެން އަޅައިގެންނެވެ. އޭރު ބައްޕައަށް އެހީތެރިވުމުގެ ގޮތުން ބެޓެރި ހޮވަން ވަލުތެރެއަށް ދަމެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.