އެ.މް.ވީ އަލްރަމް

އެމްވީ އަލްރަމް މި ފޮންޓަކީ ނ.ޅޮހި ފިނިވާގެ އަލީ ރަމީޒްގެ އަތުލިޔުމެވެ. އަލީ ރަމީޒްއަކީ ޅޮހި ސްކޫލް ޕްރިންސިޕަލްގެ މަޤާމުގައި އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެވި ޒުވާނެކެވެ. އޭގެ ފަހުން ޅޮހި ކައުންސިލްގައި މަސައްކަތް ކުރެއްވުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ ނ.ވެލިދޫ ކައުންސިލް އިދާރާގައެވެ.
ފޮންޓް ހަދާފައިވަނީ އަލީ ރަމީޒްގެ އަތުލިޔުން ސްކޭންކޮށް އިލަސްޓްރޭޓަރއިން އަކުރުތައް ހެދުމަށްފަހުގައެވެ. މީގެ އިތުރަށްވެސް އަޅުގަނޑުގެ އެދުމުގެ މަތިން އިތުރު ފޮންޓްގެ ސެކޭން ކޮޕީވަނީ ފޮނުވާފައެވެ. އިންޝާ ﷲ ވަރަށް އަވަހަށް އެ ފޮންޓްތައްވެސް ފެންނާނެއެވެ.
ފޮންޓް ހެދި ފަރާތް

ހުސައިން ނިޔާޒް
ޑިޒައިނާރ
އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފޮންޓުތައް ފަރުމާކޮށް ހިލޭ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އާންމުކޮށް ހިއްސާކުރަމެވެ. އަދި ޅޮހި ޓައިޕްގެ ނަމުގައި ދިވެހި ފޮންޓް ބޭނުން ކުރެވޭ ވެބްބޭސްޑް ޑިޒައިން އެޕެއް ކުރިޔައް ގެންދެވެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފޮޓޯތަކާއި ރާއްޖޭގެ ދިރޭތަކެތީގެ (ބަޔޯޑައިވަރސިޓީ) މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހިންގަމެވެ. އަދި ރާއްޖެއާއި ގުޅޭ 3ޑީ ޓެކްސްޗާރ މަސްހޫރު 3ދ ސޮފްޓްވެއާރގެ ބެލެންޑާރ ކިޓް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ކިޓްގައިވަނީ ހިމެނިފައެވެ.

ޚިޔާލުތައް
އަދި ޚިޔާލެއް ނެތް.