Skip to content
April 28, 2022

އެ.މް.ވީ އަލްރަމް

އެމްވީ އަލްރަމް މި ފޮންޓަކީ ނ.ޅޮހި ފިނިވާގެ އަލީ ރަމީޒްގެ އަތުލިޔުމެވެ. އަލީ ރަމީޒްއަކީ ޅޮހި ސްކޫލް ޕްރިންސިޕަލްގެ މަޤާމުގައި  އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެވި ޒުވާނެކެވެ. އޭގެ ފަހުން ޅޮހި ކައުންސިލްގައި މަސައްކަތް ކުރެއްވުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ ނ.ވެލިދޫ ކައުންސިލް އިދާރާގައެވެ.

ފޮންޓް ހަދާފައިވަނީ އަލީ ރަމީޒްގެ އަތުލިޔުން ސްކޭންކޮށް އިލަސްޓްރޭޓަރއިން އަކުރުތައް ހެދުމަށްފަހުގައެވެ. މީގެ އިތުރަށްވެސް އަޅުގަނޑުގެ އެދުމުގެ މަތިން އިތުރު ފޮންޓްގެ ސެކޭން ކޮޕީވަނީ ފޮނުވާފައެވެ. އިންޝާ ﷲ ވަރަށް އަވަހަށް އެ ފޮންޓްތައްވެސް ފެންނާނެއެވެ.